އަމިއްލަ 6 މެންބަރަކު ޕީއެންސީ އަށް، އަމިއްލަ ބާރުގައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު ލިބޭ!

A
10 ޖޫން 2024 19:462 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.

އެ ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވީ މުލިއާގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު އެ ބޭފުޅުން ނެގި ފޮޓޯ އަކާއެކު ޕީއެންސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން، އެ ޕާޓީއަށް އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.

ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންނަކީ:

  • ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ

  • ހަސަން ޒަރީރު – މަތިވެރި ދާއިރާ

  • އަހުމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

  • އަހުމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

  • ޔާސީން އަބުދުﷲ – ނައިފަރު ދާއިރާ

  • އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ

މި ހަ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ފަސް ބޭފުޅުންނަކީ ކުރިންވެސް ޕީއެންސީގެ ދަފުތަރުގައި ތިއްބެވި ބޭފުޅުންނެވެ. އަލަށް ސޮއިކުރި މެންބަރުންނާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް އެކަނިވެސް މިހާރު 72 ގޮނޑި ލިބެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރި އިރު، ސުޕަމެޖޯރިޓީ އަކީ 70 އެވެ. އެހެންކަމުން ރައްޔިތުން އަމަލު ކުރުން ލާޒިމުވާ ފަދަ ބޮޑެތި ގާނޫނުތަކުގެ އިތުރުން ގާނޫނުއަސާސީ އިސްލާހު ކުރުން ވެސް، އެހެން ޕާޓީއެއް ނުވަތަ މެމްބަރެއްގެ އެހީއާ ނުލައި، ޕީއެންސީއަށް މިހާރު ފަސޭހަވާނެ އެވެ.

މީގެ އިތުރުން ސަރުކާރުގެ ތާއީ ދާއެކު ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް އިންތިހާބުވި އެވެ. އެހެންކަމުން ސަރުކާރު ކޯލިޝަންގެ ސުޕަ މެޖީރިޓީގެ ޖުމުލަ އަދަދު 76 އަށް އަރަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.