ޑައިވިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ވީނުވީ ނޭނގި ގެއްލުމުން ހޯދަން ފަށައިފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ޑައިވިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ވީނުވީ ނޭނގި ގެއްލިފައިވާތީ އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން އެކްސްގައި މިރޭ ކުރި ޓުވީޓެއްގައި ބުނީ މިރޭ 22:06 އެހާކަންހާއިރު މ. މަޑުއްވަރި ކައިރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ. އެކަމުގެ ރިޕޯޓު ލިބުމާއެކު މ. އަތޮޅުގެ ފުލުހުންގެ ލޯންޗެއް އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހޯދުމުގައި މަސައްކަތުގައި އެމްއެންޑީއެފުގެ ކޯސްޓު ގާޑު ވެސް ހަރަކާތްތެރި ވަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންނާއި އަދި އެ ދެ މީހުން މަހަށް ދިޔަ ލޯންޗާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 119 ގުޅައި ހިއްސާ ކުރުމަށް ނުވަތަ ކޯސްޓް ގާޑަށް އެ މައުލޫމާތު ދިނުމަށް ފުލުހުން އެދިފައިވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.