މަހަކަށްވުރެ ގިނަ ދުވަސް ފަހުން މިފްކޯގެ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން އުވާލައިފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.

ޝަމާހުއާ ގުޅޭ ގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅުން ހުރި މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ބުނެ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ޝަމާހު ސަސްޕެންޑް ކުރީ ހުސްވި މާޗް މަހުގެ 18 ގަ އެވެ. އެއީ 14 ދުވަހުގެ މުއްދަތަށެވެ.

ނަމަވެސް ފަހުން 31 މާޗުގައި އޭނާގެ ސަސްޕެންޝަންގެ މުއްދަތަށް އިތުރު 21 ދުވަސް ޖެހި އެވެ. އެއީ މި މަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.

މިފްކޯ އިން މިއަދު ބުނީ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން އުވާލިކަން ޕީސީބީ އިން އެންގުމާއެކު ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް އޭނާ އޮފީހަށް ނުކުންނަވާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ކުންފުނީގެ ހިންގުމުގެ ކަންކަން ހަމަޖައްސަން އުފެއްދި އިންޓަރިމް ކޮމިޓީ އުވާލާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.