އެމްޑީޕީއަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބޭތަން ފެނޭ: ރައީސް ސޯލިހު

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ސާފު އަގުލަބިއްޔަތު ލިބިގެންދާތަން ފެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ޖަމާލުއްދީން ސްކޫލަށް ވަޑައިގެން ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ބޮޑެތި ސިޓީތަކާއި ކުދިރަށްތަކުންވެސް އެމްޑީޕީއަށް ކާމިޔާބުވާތަން ފެނިވަޑައިގަންނަވާ ކަމަށާއި އުންމީދު ކުރައްވަނީ ރަނގަޅު އަގްލަބިއްޔަތެއް އެމްޑީޕީއަށް ލިބިގެންދިއުން ކަމަށް ވިދާޅުވި އެވެ.

ސޯލިހު ވަނީ އެންމެ އަވަހަކަށް ވޯޓުލާން ނުކުމެ ވީހާވެސް ގިނަ ބަޔަލު ވޯޓުލުމުގެ ހައްގު އަދާކުރެއްވުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އެއީ ގައުމުގެ މަސްލަހަތައްޓަކައި، އަދި ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.