ޔާމީންގެ ވަކީލު ސިޔާޒަށް ސްޓޭޓް މިނިސްޓަރުކަން

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ދީފި އެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ތުހުމަތުގައި 2019 ވަނަ އަހަރުން ފެށިގެން ޔާމީންގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތަކުގައި ސިޔާޒް ބައިވެރިވެވަޑައިގެންނެވި އިރު، މި މަހުގެ 18ވަނަ ދުވަހު ބޭއްވި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.

އޭނާއަކީ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށްވެސް އައްޔަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ކުރީން އެ މިނިސްޓްރީގެ އެގްޒެކެޓިން ކޯޑިނޭޓަރުގެ މަގާމުވެސް އަދާކުރެއްވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.