މޯލްޑިވިއަން އިން ލަންކާއަށް އުދުހެން ފަށައިފި، އެތައް ގޮތަކުން މުހިންމު ފެށުމެއް

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ގައުމީ އެއާލައިން، މޯލްޑިވިއަނުން، ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް އިއްޔެ ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އިއްޔެ ވަނީ މޯލްޑިވިއަން، ކޮލަމްބޯއަށް ކުރާ ދަތުރުތައް ފެށުމުގެ ގޮތުން ރަސްމިއްޔާތެއް ބާއްވައިފައެވެ.

މޯލްޑިވިއަނުން އިއްޔެ ބުނީ ކޮލަމްބޯއަށް ކުރި ދަތުރުގައި 150 ޕަސެންޖަރުން ވަނީ މޯލްޑިވިއަންގައި ލަންކާއަށް ގޮސްފައި ކަމަށެވެ. ކޮލަމްބޯއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުގައި ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ ރާއްޖެއާއި ލަންކާއާ ދެމެދު ސީދާ ފުލައިޓުތައް ބޭއްވުމަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު ކަމަށެވެ. އަދި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސްރި ލަންކާގެ ސަފީރު ވިދާޅުވީ މޯލްޑިވިއަނުން، ކޮލްމްބޯއަށް ދަތުރުތައް ފެށުމުގެ ސަބަބުން ދެގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހިވެގެންދާނެ ކަމަށެވެ. މިއީ ރާއްޖެއަށާއި ލަންކާއަށް ވެސް މުހިންމު ރޫޓެއް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މޯލްޑިވިއަންއިން، ލަންކާއާ ދެމެދު ދަތުރުތައް ފެށުމުގެ ސަބަބުން އެކަމުގެ ފައިދާ ލަންކާ މީހުންނަށާއި ދިވެހިންނަށް ކުރާނެ ކަމަށެވެ.

އަމީން ވިދާޅުވީ މޯލްޑިވިއަންއަށް ގިނަ ދަތިތަކެއް ދިމާވެފައިވީ ނަމަވެސް އެ ހުރިހާ ކަމަކުން އަރައިގަންނަމުންދާ ކަމަށެވެ.

މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިނުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ. އެގޮތުން ދިގު ދަތުރުތައް ކުރަން ބޭނުންވާ ބޯޓުތައް ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.