ފުވައްމުލަކުގައި ދެ އެކްސިޑެންޓެއް، އެކަކުގެ ހާލު ސީރިއަސް

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ފުވައްމުލަކުގައި ރޭ ދެ އެކްސިޑެންޓެއް ހިނގައި، އެ ތަނުން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކި ވަރުގެ އަނިޔާވި ކަމަށެވެ. އެ ތަނުން އެކެއްގެ ހާލު ސީރިއަސް ވުމުން އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ސީރިއަސްވި މީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އަދި އިތުރު ފަރުވާއަށް އޭނާ މިހާރު ވަނީ މާލެ ގެނެސްފ ައެވެ.

ފުލުހުން ބުނީ އަނެއް އެކްސިޑެންޓް ހިނގީ ފުވައްމުލަކުގެ އެއާޕޯޓު ސަރަހައްދުގައި ކަނޑައިގެން ގޮސްފައި ހުރި ގިޑިގެއަކުން ނެއްޓިގެން ދާން އުޅުމުގެ ތެރޭގައި ސައިކަލް ކައްސާލައިގެން ކަމަށެވެ. އެއީ 27 އަހަރުގެ މީހެއް ކަމަށާއި އޭނާއަށްވެސް ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.