ޝަރުތު ހަމަވާނަމަ ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމައިފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ސްޓޫޑެންޓް ލޯނަށް އެޕްލައިކުރާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.

ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިއަހަރު ހުޅުވާލާފައިވަނީ 500 ޖާގައެވެ. އެ ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދި ހުށަހެޅެ އެވެ. އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދި ލޯނަށް ހުށަހެޅޭނެ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުސަތު ހާއްސަކޮށްފައެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ހާއްސަކޮށްފައިވަނީ 130 ފުރުސަތެވެ.

”އަހާ ފޯރަމް“ ދަރިވަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ މަރްޔަމް މާރިޔާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރަން ނިންމަވާފައި ކަމަށެވެ. ރައީސް މުއިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޭޑަންޓް ލޯނުގެ އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ދެން ހަމަވާނީ އަންނަ ބުރާސްފަތި (މެއި 2) ދުވަހު މެންދުރުފަހު 1:30 އަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.