ހުޅުމާލޭގައި ގްރޫޕު މަރާމާރީއެއް، ދެ މީހަކަށް އަނިޔާވެ ފަރުވާ ދެނީ، އެކަކު ހައްޔަރުކޮށްފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގައި މިރޭ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން މިރޭ ބުނީ މިރޭ އެ މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ މިރޭ 9:00 އެހާކަންހާއިރު ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީ ހިންގާފައިވަނީ ހުޅުމާލެ ޕާކު ތެރޭގައި ތިބި ގްރޫޕަކާ އިންޑިއާ މީހުންތަކެއްގެ ދެމެދުގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތުހުމަތަށް އެކަކު ހައްޔަރު ކޮށްފައިވާ ކަމަށާއި ދެން ތިބި މީހުން ދެނެގަނެ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.