ސިޔާސީ މަސައްކަތަކީ އަދާވާތްތެރިވުމާއި ނުރުހުމުގެ ބަސްތައް އަމާޒުކުރުމުގެ މަސައްކަތަކަށް ވެގެން ނުވާނެ: ނާޒިމް

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ސިޔާސީ މަސައްކަތަކީ އެކަކު އަނެކަށް އަދާވާތްތެރިވުމާއި ނުރުހުމުގެ ބަސްތައް އަމާޒުކުރުމުގެ މަސައްކަތަކަށް ވެގެން ނުވާނެކަމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަން ޕީޕީއެމް/ޕީއެންސީއަށް މަޖިލީހުގެ އިންތިހާބުގައި ލިބުުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޅ ހިންނަވަރުގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ލިބުނު ކާމިޔާބީގައި އުފާފާޅުކުރަމުންދާއިރު އެކަކު އަނެކަށް އަދާވާތްތެރިވުމާއި ނުރުހުމުގެ ބަސްތައް އަމާޒުކޮށްގެން ނުވާނެކަމަށާއި، ލިބުނު ކާމިޔާބީގައި ހިތްތިރިކުރުމާއި ނާކާމިޔާބީ ތަޖުރިބާކޮށްފައިވާ މީހުން އަައު އަޒުމަކާއިއެކު މަސައްކަތްކުރުމުގެ ރޫހު ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ. އަދި އެ ރޫހު ޕްރޮގްރެސިވް ކޯލިޝަނުން އަބަދުވެސް ހަދާން ދަމަހައްޓަމުން ގެންދިޔަ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އަޒުމަކަށް ހަދަންވީ ރަށްތަކަށް އިތުރު ކުރިއެރުމާއި ތަރައްގީ ހޯދައިދިނުންކަމަށާއި އަދި ސަރުކާރުގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން މަަޖިލީހުގައި ރައްޔިތުން ތަމްސީލުކުރަމުންދާއިރު އެކުލަވާލާފައިވާ ސިޔާސަތުތަކަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ މެމްބަރަކަށް ވުމުގެ އަޒުމް ކަނޑައަޅަންޖެހޭކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ޕީއެންސީއިން ސިޔާސީ މަސައްކަތުގައި ދެމިތިބޭނީ ގައުމު އިސްކޮށްގެން ކަމަށާއި، އަޒުމަކަށް ހަދާނީ ރައްޔިތުންނާއި ގައުމުގެ ކަމަށެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް މުޅި ރާއްޖެއިންވެސްވަނީ ވަރަށް ބޮޑު އިތުބާރެއް ދެއްވާފައިކަމަށާއި އެ އިތުބާރު ދެއްވީ ރައްޔިތުން މާ އުފާވެރި މާދަމާއަކަށް އެދޭތީކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.