ކޮޅުވެއްޓި އެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި މީހަކު ގެއްލިއްޖެ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ ”ލިއޯ ޕާލް“ ނަމަކަށް ކިޔާ އެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އޭގެން ދަތުރުކުރި ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލާންސް 21 އަށް ނަގާފައިވާ ކަމަށެވެ.

އެ ކޮޅުވެއްޓިން ގެއްލިފައި ވަނީ ބިދޭސީއެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ހަކުރާ ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.