ގެއްލުނު މީހާ ކޮޅުވެއްޓި ދަށުގައި އޮއްވާ ފެނިއްޖެ، ހަރަކާތެއް ނެތް

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު އޭގެ ދަށުގައި އޮއްވާ ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި، ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާ ފެނުނުއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި އޭނާ މިހާރު ކ. ކާށިދޫ ސިއްހީ މަރުކަޒަށް ގެންދަން ދަތުރު ކުރަމުންދާ ކަމަށް ބުންޏެވެ.

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ”ލިއޯ ޕާލް“ ނަމަކަށް ކިޔާ އެ ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފެށީ މިއަދު ފަތިހެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު، އޭގައި ފަސް މީހުން ތިއްބެވެ. އެ މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ފެނިގެން ރޭ ފަތިހު ސީ އެމްބިއުލޭންސް 21 އަށް ވަނީ ނަގައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.