ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް އަނިޔާވި މީހަކު މަރުވެއްޖެ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް އަނިޔާވި މީހަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިންޑިއާއަށް ނިސްބަތްވާ 30 އަހަރުގެ އެ މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 10:38 ކަން ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ މީހާއަށް އަނިޔާވި ގޮތެއް ފުލުހުން ނުބުނެ އެވެ. ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.