މާލޭގެ މަގުމައްޗަށް ކުނި އެޅި މައްސަލައިގައި އަތުލައިގަތީ ވަގަށް އުޅޭ ބިދޭސީއެއް، ޑީޕޯޓް ކޮށްލަނީ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މާލޭގެ މަގުމައްޗަށް ކުނި އެޅި މައްސަލައިގައި ރާއްޖޭގައި ގަވާއިދާހިލާފަށް ނުވަތަ ވަގަށް އުޅޭ ބިދޭސީއަކު އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ބިދޭސީ މިހާ ރާއްޖެއިން ޑީޕޯޓް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ އިމިގްރޭޝަނާ ގުޅިގެން ކުރަމުން ކަމަށެވެ.

”މާލޭ މަގުމައްޗަށް ކުނިއަޅާކަން ފާހަގަކުރެވިގެން ކައުންސިލުން ހޯދި ގަވާއިދާއިހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގުލަދޭޝްގެ ރައްޔިތެއް މިހާރު ވަނީ ފުލުހުންނާ ހަވާލު ކުރެވިފައި. ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން މި މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން“ ކައުންސިލުން ބުންޏެވެ.

މާލޭގެ ޕާކިން ޒޯނުތަކަށް ކުނި އެޅި ހަތަރު ބިދޭސީއާއެކު ދެނެގަތުމަށް ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ވީޑިއޯތަކެއް ވެސް އާންމުކޮށްފައެވެ. ސިޓީ ކައުންސިލުން ވަނީ އެ ބިދޭސީން ދެނެގަނެ އެ އެންމެން ޖޫރިމާނާކޮށްފައެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ މާލޭގެ މަގުތަކަށް އާންމު ގޮތެއްގައި ބިދޭސީން ކުނި އަޅަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ގަވާއިދާހިލާފަށް އުޅޭ ބިދޭސީން ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.