ހަށިވިއްކަން ބޭނުންކުރާ ޓެލެގުރާމް ޗެނަލްއެއް ފުލުހުންގެ ބާރުގެ ދަށަށް!

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ފުލުހުން ބުނީ، ”އެންވީ ކޯލް ގާލްސް“ގެ ނަމުގައި ހިންގަމުންދިޔަ އެ ޗެނަލް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ޗެނަލްއަކީ ހަށިވިއްކުމަށް ހާއްސަކޮށްގެން ބޭނުންކުރަމުން ދިޔަ ޗެނަލް އެކެވެ. އަދި އެ ޗެނަލަށް 1،500 އަށްވުރެ ގިނަ މީހުން ސަބްސްކަރައިބް ކޮށްފައިވެ އެވެ.

ފުލުހުން ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި ”ޖަޒީރާ އެމްޑިމް“، ޖަޒީރާ ގާލްސް“، ޖަޒީރާ އެސްކޯޓް ގެލެރީ“، ޖަޒީރާ ސްކޭމް އެލާޓް“ އަދި ”ޖަޒީރާ ލިންކު ހަބަރު“ގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ގްރޫޕުތަކެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.