ކްރިއޭޓިވް އާޓްސްގެ އިންޓަނޭޝަނަލް ސްކޫލެއް ހަދައިދޭނެ ބަޔަކު ހޯދަނީ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

އާޓްސް ކުރިއެރުވުމަށް ޒަމާނީ ވަސީލަތްތައް ހިމެނޭގޮތަށް އިންޓަނޭޝަނަލް އާޓްސް ސްކޫލެއް ހަދައިދޭނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީންކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫން 30 ވަނަ ދުވަހުގެ ކުރިން investmaldives@trade.gov.mv މެދުވެރިކޮށް މިނިސްޓްރީއަށް އަންގަންވާނެ ކަމަށެވެ.

އާޓްސް ސްކޫލެއް ހަދަނީ އެ ދާއިރާތަކުން މަސައްކަތް ކުރާނެ މީހުން ނެރުމަށާއި ޓްރެއިނިން އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީނުތައް ދިނުމަށާއި އުފެއްދުންތެރި ފަންނުވެރިންނަށް ހިތްވަރު ދިނުމަށް ގެލެރީތަކާއި މިއުޒިއަމްތައް އިންޓަގްރޭޓްކޮށް އާއްމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އުފެއްދުންތެރި ހިދުމަތްތަކާއި ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ޕަބްލިކޭޝަން އަދި އިލްމު ފެތުރުމާއި އުފެއްދުންތެރި ހިޔާލު ފާޅުކުރެވޭނެ ގޮތަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ،

މިނިސްޓްރީން ބުނީ ސްކޫލު ހަދާނީ ދަރިވަރުންނަށް ތިބެވޭ ގޮތަށް ހޮސްޓެލް ވެސް ހިމެނޭ ގޮތަށް ކަމަށެވެ. ވިޝުއަލް އާޓްސް އެންޑް ކްރާފްޓްސް، އޯޑިއޯ ވިޝުއަލް އެންޑް އިންޓަރެކްޓިވް މީޑިއާ، ޓެކްނޮލޮޖީ، އަދި ޑިޒައިންނާ ގުޅޭ ތަފާތު އެކި ކަންތައްތައް އާޓްސް ސްކޫލުން ދަސްކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ ސްކޫލް ހެދުމަށް ހުށަހަޅާ ކަންކަމަށް ބެލުމަށްފަހު ސްޕެޝަލް އިކޮނޮމިކް ޒޯން ފްރޭމްވޯކްގެ ދަށުން ލުއިތައް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.