މޯލްޑިވްސް ވޭވްގެ ވެހިކަލް ސްކޭމްގައި ޖެހުނު އިތުރު މީހުން ތިބިތޯ ބަލަނީ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި ސްކޭމްގައި ޖެހުނު އިތުރު މީހުން ތިބި ނަމަ، އެކަން އަންގަން އެދިއްޖެ އެވެ.

ގަޑި ވިއްކުމުގައި މަޝްހޫރުކަން ހޯދި މޯލްޑިވްސް ވޭވްގެ ކުންފުންޏެއް ކަމަށްވާ މެގަޓްރޯން މޮޓޯސް މޯލްޑިވްސް އިން ހިންގި ވެހިކަލް ސްކޭމްގެ މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ހާމަކުރީވެސް މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ، ނަމަކަށް ކިޔާ ކުންފުނިން ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކާފައިވާ އިތުރު ފަރާތެއްވާ ނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތު މި މަހުގެ 30 ގެ ކުރިން ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

މީގެ ހަތަރު އަހަރު ކުރިން އުފެއްދި މޯލްޑިވްސް ވޭވްގެ ކުންފުންޏަކާ ގުޅޭ މަކަރާއި ހީލަތުގެ މައްސަލައެއް ފުލުހުން ބަލަމުންދާއިރު، އެ ކުންފުނީގެ ޕޭޖުން އަޕްޑޭޓް ނުކުރާތާ މިހާރު ތިން މަސް ދުވަސްވެއްޖެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.