ކުޑަކުދިންގެ ދުވަހު ސްޓެލްކޯގެ މާލޭ އިންޖީނުގެ ދައްކާލައި ހަދިޔާ ބަހަނީ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ.

ސްޓެލްކޯ އިން ބުނީ، ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ މާލޭ އިންޖީނުގެ ދައްކާލައި އިންޖިނިއަރިން ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުމަށް މައުލޫމާތު ދީ، ފަންނީ ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން ހަދިޔާ ބެހުމާއި މެސްކޮޓާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ އިތުރުން ސްޓެލްކޯގެ އިންޖިނިއަރުންގެ ޔުނީފޯމުގައި ފޮޓޯ ނެގުންވެސް ކުރިއަށްދާނެ އެވެ.

އެ ހަރަކާތްތައް ކުރިއަށްދާނީ 10 މެއިވާ ހުކުރު ދުވަހުގެ ހެނދުނު 8:00 އިން 10:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް ސްޓެލްކޯގެ ހެޑް އޮފީހުގަ އެވެ.

ސްޓެލްކޯ އިން ބުނީ، އެ ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުވުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.