ފާމަސީއަކުން ވައްކަންކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މާލޭ، ފާމަސީއަކުން ވައްކަންކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ވައްކަން ކޮށްފައިވަނީ އަބަފަށްފެހި މަގުގައި ހުންނަ ފާމަސީއަކުން ކަމަށާއި އެ ވައްކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 8:30 އެހާކަންހާއިރު ކަމަށެވެ.

ފާމަސީން ވައްކަންކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިއަދު 7:54 އެހާކަންހާއިރު އަބަދަށްފެހި މަގުގައި ހުންނަ ”ނިއު ލައިން“ ފިހާރައިން ވައްކަންކޮށްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

”ނިއު ލައިން“ ފިހާރައިން ވައްކަންކުރި މައްސަލަ ވެސް ބަލަމުންދާ ކަމަށާއި އަދި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.