ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުވިޔަސް ބޭންކުތައް ހުޅުވާފައި ހުންނާނެ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުވިޔަސް މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި ހުރިހާ ބޭންކުތައް ހުޅުވިފައި ހުންނާނެ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުވިޔަސް އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހު ރޯދަ މަހުގެ އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް އެމްއެމްއޭ އާއި ބޭންކްތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއެއްގޮތަށް ރޯދަ މަހުގެ ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅާފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.