ރައީސްގެ ދެކަނބަލުން، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ މަހުގެ ފަހު ދުވަހުގެ ރެ އެވެ.

މިއީ ނުރަސްމީ ދަތުރުފުޅެއް ކަމުން ދަތުރުފުޅުގެ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރާނެ އެވެ.

މިދިޔަ މާރިޗް މަހުގެ ތެރޭގައި ވެސް ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.