ޑްރަގް އޮޕަރޭޝަނެއްގައި ހުޅުމާލެއިން 8 މީހަކު ހައްޔަރުކޮށްފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ހުޅުމާލެގައި ފުލުހުން މިރޭ ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ ހައްޔަރުކޮށްފައިވަނީ ހަތް ފިރިހެނުންނާއި އަންހެނަކު ކަމަށެވެ.

އެ އެނެމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. މިރޭ ހިންގިއެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.