އުކުޅަހުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާ ދެނީ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

އއ. އުކުޅަހުގައި ހިނގި އެކްސިޑެއްޓެއްގައި 17 އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ މިއަދު 14:30 އެހާކަންހާއިރު އުކުޅަހުގެ ހިއްކި ސަރަހައްދުން ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލެއްނުވެ، ވެއްޓި ސައިކަލް ދުއްވަންއިން 17 އަހަރުގެ ކުއްޖާއަށް އަނިޔާވެފައިވާ ކަމަށެވެ.

އެ ކުއްޖާއަށް އުކުޅަސް ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.