ނުވަ ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބޭރު ގައުމުތަކަށާއި ބައިނަލުއަގުވާމީ ޖަމިއްޔާތައް ހިމެނޭ ގޮތަށް ނުވަ ސަފީރުން މިއަދު އައްޔަން ކުރައްވައިފި އެވެ.

އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު، ރައީސް ދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސަފީރުކަމަށް އައްޔަން ކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުން އައްޔަން ކުރެއްވި ގައުމު/ ޖަމިއްޔާ:

1. ޔޫއޭއީއަށް: ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު)

2. ޔޫކޭއަށް: ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމް

3. ޗައިނާއަށް: ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު

4. އދ. އަށް: ޑރ. އަލީ ނަސީރު މުހައްމަދު (އަލިނީ)

5. ބެލްޖިއަމް އާއި އީޔޫއަށް: ގީލާ އަލީ

6. މެލޭޝިއާއަށް: ޑރ. މަރްޔަމް ޝަބީނާ އަހުމަދު

7. ސްރީ ލަންކާއަށް: މަސްއޫދު އިމާދު

8. ޖެނީވާއަށް: ޑރ. ސަލްމާ ރަޝީދު

9. ސިންގަޕޫރަށް: މުހައްމަދު ލުވޭޒު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.