ރިޓަޔާ ކުރެއްވި އަބްދުއްރަހީމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

އެމްއެންޑީއެފްގެ ހިދުމަތުން މިދިޔަ މަހު ރިޓަޔާ ކުރެއްވި ކުރީގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުއްރަހީމް އަބްދުއްލަތީފް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފި އެވެ.

ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އަބްދުއްރަހީމް އައްޔަންކޮށްފައިވާކަން އެނގުނީ، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހޫގޯ ޔޮން އާއެކު އިއްޔެ އެ މިނިސްޓްރީން ބޭއްވި ބައްދަލުވުމަކުންނެވެ.

އެ ބައްދަލުވުމުގެ ފޮޓޯތަކާ އެކު، މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުުން އެނގުނީ އަބްދުއްރަހީމް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރެއްގެ ހައިސިއްޔަތުންނެވެ.

ނަމަވެސް އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ކޮންއިރަކު ކަމެއް ނޭނގެ އެވެ. އެ މައުލޫމާތަކީ ރައީސް އޮފީހުން ހާމަކުރާ މައުލޫމާތެއް ނޫނެވެ.

ސިފައިންގެ ހިދުމަތަށް 39 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އަބްދުއްރަހީމް ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ ސިފައިންގެ ގާނޫނުގައި ބުނާގޮތުން އުމުރުން 60 އަހަރު ފުރުމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.