ދިއްދުއަށް ނަގޫރޯޅިއެއްް އަރައި 6 ގެއެއްގެ ފުރާޅު އެއްލާލައިފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ހއ. ދިއްދުއަށް ރޭ ފަތިހު ކުރި ވިއްސާރާގައި ނަގޫރޯޅިއެއް އަރައި ގެތަކެއްގެ ފުރާޅު އެއްލާލައި ގެއްލުންތަކެއް ވެއްޖެ އެވެ.

ދިއްދޫ ކައުންސިލުން ބުނީ، ރޭ ފަތިހު ހަތަރެއް ޖަހާ އެހާކަންހާއިރު ދިއްދޫ ފްލެޓް ސަރަހައްދަށް އެރި ނަގޫރޯޅިއެއްގައި ހަ ގެއެއްގެ ފުރާޅު އެއްލާލައި އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ފުރާޅު އެއްލައިލި ގެތަކުގެ ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ ގެތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އިތުރު ގެތަކަށްވެސް ގެއްލުން ލިބިފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ލިބުނު ގެއްލުންތައް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ހިއްސާކޮށް، ގެއްލުން ލިބުނު މީހުންނަށް ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.