ރާއްޖޭގައި އައިވީއެފް ހަދައިގެން ދެ ކުއްޖަކު ލިބިއްޖެ، ދެ މަންމަގެ ހާލުވެސް ރަނގަޅު

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ރާއްޖޭގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ދަރިފުޅަކު ލިބިއްޖެ އެވެ.

ރާއްޖޭގައި އައިވީއެފްގެ ފަރުވާ ފުރަތަމަ ދޭން ފެށީ ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުގައި މިދިޔަ އަހަރުގެ މެއި މަހު ހުޅުވި ފާޓިލިޓީ ސެންޓަރުގެ ފުރަތަމަ ބެޗުގައި 16 މީހުން އައިވީއެފް ހެދި އެވެ. އޭގެ ތެރެއިން އެމްބްރިޔޮ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން ހަ މީހުން ބަނޑުބޮޑުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ އެ ހޮސްޕިޓަލްގެ އައިވީއެފް ފަރުވާގެ ދަށުން ފުރަތަމަ ކުއްޖާ އުފަންވީ އާދީއްތަ ދުވަހު ކަމަށެވެ. އަދި އިއްޔެ ދެވަނަ ކުއްޖާ އުފަންވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ދެކުދިންވެސް ލިބުނީ ސިޒޭރިއަން ހަދައިގެންނެވެ. އެ ދެ ކުދިންނާއި މަންމަގެ ހާލުވެސް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އާދިލް ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު އެންމެ ފުރަތަމަ ސިޒޭރިއަން ހަދައިގެން ކުއްޖަކު ލިބުނީ މީގެ ކުރިން ރާއްޖެ އިން ބޭރުން ހަތަރު ފަހަރަށް އައިވީއެފް ހެދި 36 އަހަރުގެ މީހަކަށް ކަމަށެވެ. ދެވަނަ ކުއްޖާ ލިބުނީ 33 އަހަރުގެ ކުއްޖަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.