ގާފަރު ފަޅުގައި 16 ރިސޯޓް ހަދަން ބައި ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށަނީ

A
10 ޖޫން 2024 19:46އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން މާލެ އަތޮޅު ގާފަރު ފަޅުގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ފެށުމަށް ނިންމައި އެ މަސައްކަތް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ގާފަރު ފަޅުން 16 ރަށް ހިއްކައިގެން ކުރިއަށް ގެންދާ އެ މަޝްރޫއު ހަވާލުކުރީ 36 މިލިއަން ޑޮލަރު (556 މިލިއަން ރުފިޔާ) އަށް އެޓޯލް ވޯކްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

އެމްއެފްއެމްސީ އިން ބުނީ އެ އެއްބަސްވުމުގެ ދަށުން ގާފަރު ފަޅުގައި 14 ޕްރައިވެޓް ރަށާއި ދެ ލަގްޒަރީ ރިސޯޓު ތަރައްގީކުރާނެ ކަމަށެވެ.

އަދި އެ ފަޅުން އިތުރު 40 ހެކްޓަރުގެ ބިމާއެކު ޖުމުލަ 106.91 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތައް ބޭނުންވާ ތިން މިލިއަން ކިއުބިކް މީޓަރުގެ ވެއްޔަށް ކިއުބިކް މީޓަރަކަށް 7.8 ޔޫއެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫއެސް ޑޮލަރު ހަރަދުވާނެ ކަމަށްވެސް އެމްއެފްއެމްސީން ބުންޏެވެ.

އަދި އެ މަޝްރޫއަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއެއް ކަމަށާއި އެޓޯލް ވޯކްސްއަށް އެ ފައިސާ އެމްއެފްއެމްސީން ދޭނީ ދިގު މުއްދަތަކަށް އެ ރަށްތައް ކުއްޔަށް ދީ، އާމްދަނީ ހޯދުމަށް ފަހު ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.