އިންޑިއާ ދަތުރަށްފަހު ޒަމީރު ގަތަރަށް

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރުގެ ދޯހާއަށް ރޭ ވަޑައިގެންފި އެވެ.

ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ދަތުރުގައި ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަހުމާން ބިން ޖާސިމް އަލްސާނީއާ ބައްދަލު ކުރައްވައި ރާއްޖެއަށް ފައިދާ ހުރި މަޝްވަރާތަކެއް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރުގެ ދަތުރުގައި ގަތަރު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދޭތެރޭގައި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ފުރުސަތުތައް ބައްލަވާނެ ކަމަށެވެ.

ޒަމީރުގެ ގަތަރަށް ވަޑައިގެންފައި މި ވަނީ، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރަށްފަހު އެވެ. އެއީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޒަމީރު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.

އެ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ ޒަމީރު ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި އިންޑިއާ އިން ދީފައިވާ ލޯނުތަކަށް ލުއި ގޮތް ހައްދަވައި ދެއްވުމަށާއި އިތުރު ލޯނު ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.