ފެމިލީ މިނިސްޓްރީގައި 26 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 868،500 ރުފިޔާ!

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގައި މިނިސްޓަރާއެކު ޖުމުލަ 26 ބޭފުޅަކު ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންގެ މުސާރަ ހޯދަން އައިމަން ލަތީފް ނަމަކަށް ކިޔާ މީހަކު އެ މިނިސްޓްރީގައި އެދުމުން ފޮނުވި ޖަވާބުންނެވެ.

ފެމިލީ މިނިސްޓްރީން ދިން ޖަވާބުން އެނގޭ ގޮތުގައި މިނިސްޓަރު ޑރ. އައިޝަތް ޝިހާމް އަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 61،475 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.

ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރައަށް މަހަކު ކުރާ ހޭދަ:

  • 6 ސްޓޭޓް މިނިސްޓަރުންނަށް މަހަކު: 271،301 ރުފިޔާ

  • 8 ޑެޕިއުޓީ މިނިސްޓަރުންނަށް މަހަކު: 262،058 ރުފިޔާ

  • 7 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނަށް މަހަކު: 188،631 ރުފިޔާ

  • 4 ޕޮލިޓިކަލް ޑިރެކްޓަރުންނަށް މަހަކު: 85،057 ރުފިޔާ

އެހެންކަމުން ފެމިލީ މިނިސްޓްރީގައި ތިއްބަވާ 26 ސިޔާސީ ބޭފުޅުންގެ މުސާރައަށް މަހަކު ޖުމުލަ 868،523 ރުފިޔާ ހަރަދުވެ އެވެ. އެއީ އެ މިނިސްޓްރީން މުސާރައަށް ކޮންމެ މަހަކު ހޭދަވާ 1،982،491 ރުފިޔާގެ 44 ޕަސެންޓެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.