މުދަލަށް ގެއްލުން ދިން މައްސަލައެއްގައި ހައްޔަރުކުރި ދިވެއްސަކަށް، ދިވެހި ނޭނގޭތީ ތަރުޖަމާނަކު ހޯދަނީ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މުދަލަށް ގެއްލުންދީ މީހަކަށް ބިރު ދެއްކި މައްސަލައެއްގައި ހައްޔަރުކުރި ދިވެއްސަކަށް، ދިވެހި ނޭނގޭތީ ތަރުޖަމާނަކު ހޯދަން ކްރިމިނަލް ކޯޓުން ފުލުހުންނަށް އަންގައިފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ވަނީ ހާޒިރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް އެއް ދުވަސް ޖަހައިފަ އެވެ.

ކޯޓުގައި ވާހަކަދައްކަން ލިބުނު ފުރުސަތުގައި އެ މީހާ ބުނީ އޭނާއަށް ދިވެހި ބަހުން ވާހަކަދައްކަން ނޭނގޭ ކަމަށެވެ. އެހެންވެ ކޯޓުން ވަނީ އޭނާއަށް ތަރުޖަމާނަކު ހޯދަން އަންގައިފަ އެވެ.

އެ މީހާއަކީ އެކި ކުށްތަކުގެ މައްސަލައިގައި ފުލުހުން މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.