ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު: ރައީސް

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގައުމީ ލޯތްބާއި ގައުމީ ހިދުމަތާއި ގައުމު ސަލާމަތްކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15 ވަނަ ދުވަހަކީ އާއިލާތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1993 ވަނަ އަހަރުން ފެށިގެންނެވެ.

އދ. އިން އެފަދަ ދުވަހެއް ފާހަގަކުރަން ނިންމީ ގައުމުތަކަށް އަންނަމުންދާ އިގުތިސާދީ އަދި އިޖުތިމާއީ ބަދަލުތަކާ ގުޅިގެން އާއިލީ ގުޅުންތަކަށް ގިނަ އަސަރުކުރަމުންދާކަން ފާހަގަކުރެވި އަންނަމުންދާ ބަދަލުތަކަށް ގައުމުތައް ހޭލުންތެރިކުރުމުގެ ބޭނުމުގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.