ދެ ފުލުހަކަށް ވަޅިން ބިރު ދެއްކި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ވަޅިއަކުން ދެ ފުލުހަކަށް ބިރު ދެއްކި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ

ފުލުހުން މިއަދު ބުނީ ރޭ 10:00 ހާއިރު ކުލަހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހެއް ކަމަށެވެ.

ނަމަވެސް އެ މީހުން ވަޅިން ބިރު ދެއްކީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރި ގޮތާ މެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން އެކަން ބަލަމުންދާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.