ޑެޕިއުޓީ މިނިސްޓަރު ޝިފާޒް ސަސްޕެންޑްކޮށްފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ސްޕޯޓްސް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒް ސަސްޕެންޑް މިއަދު ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުން ޝިފާޒު ސަސްޕެންޑް ކުރީ ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ ގައިޑްލައިނާ ހިލާފުވުމުންނެވެ.

އޭނާ ސަސްޕެންޑް ކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. ނަމަވެސް ސަސްޕެންޑް ކުރީ މުސާރަ ލިބޭގޮތަށްތޯ ނުވަތަ ނޫންތޯ އަދި ކަށަވަރެއް ނޫނެވެ.

ޝިފާޒަކީ މި ސަރުކާރުން ސަސްޕެންޑް ކުރި ހަތަރުވަނަ ޑެޕިއުޓީ މިނިސްޓަރެވެ. މީގެ ކުރީން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމާ ގުޅިގެން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން މަހުޒޫމް މާޖިދު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

މުސާރައާއި އިނާޔަތް ލިބޭ ގޮތަށް އެ ތިން ބޭފުޅުން ސަސްޕެންޑް ކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.