ޕާކު ކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގެ މަގެއްގެ މަތީގައި ޕާކު ކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހާ ފެނުނީ ހުޅުމާލެ ފޭސް އެކެއްގެ ސަހަރާ ކުރިމަތީ މަގުގައި ޕާކު ކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިން ކަމަށެވެ.

އަދި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ފެނުނީ މިނީ ވޭނެއްގެ ތެރޭގައި އޮއްވަ އެވެ. އަދި އެއީ ބިދޭސީ ފިރިހެނެއް ކަމަށްވެސް އެނގިފައިވެ އެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް އަދި ސާފެއް ނޫނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.