އިރާންގެ ރައީސް ދަތުރުކުރައްވަމުން ގެންދިޔަ ހެލިކޮޕްޓަރެއް ވެއްޓިއްޖެ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

އިރާންގެ ރައީސް އިބްރާހީމް ރައީސީ އާއި އެ ގައުމުގެ އިސް އޮފިޝަލުންތަކެއް ދަތުުރުކުރައްވަމުން ގެންދިޔަ ހެލިކޮޕްޓަރު ވެއްޓިއްޖެ އެވެ.

އިރާންގެ ރަސްމީ ނިއުސް އެޖެންސީ، އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީގައި ބުނެފައިވާ ގޮތުން އެ ހެލިކޮޕްޓަރު ވެއްޓުނީ އިރާން އާއި އަޒަރްބައިޖާންގެ ބޯޑަރު ކައިރިއަށެވެ.

އެ ހެލިކޮޕްޓަރުގައި އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރްއަބްދުﷲހިއަން އާއި އަޒަރްބައިޖާންގެ އިރުމަތީ ޕްރޮވިންސެއްގެ ގަވަރުނަރުވެސް ދަތުރު ކުރަމުން ގެންދެވި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީން ބުނީ، ރެސްކިއު އެންޑް ރިލީފް ޓީމުތަކުން ހެލިކޮޕްޓަރު ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދަށް ފޮނުވައި، ސާޗް އޮޕަރޭޝަންތައް ވަނީ ފަށައިފަ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އަންނަނީ ދަތިތަކާއި ކުރިމަތިވަމުން ކަމަށް ބުނެފައިވެ އެވެ.

އިރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިރާންގެ އިންޓީރިއާ މިނިސްޓަރު އަހުމަދު ވާހިދީ ވަނީ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ރެސްކިއު ޓީމުތަކަށް ދިއުމަށް ވަގުތު ނަގާނެ ކަމަށް ވިދާޅުވެފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރައީސް ރައީސީ އަޖަރުބައިޖާނަށް ކުރެއްވި މި ދަތުރަކީ އިއްޔެ އަޒަރުބައިޖާންގެ ޑޭމް އެއް އިފުތިތާހު ކުރައްވަން ކުރެއްވި ދަތުރެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.