ވެހިކަލްގެ ތެރެއިން ފެނުނު މީހާގެ މަރުގައި ޝައްކުވާ ކަމެއް ނެތް: ފުލުހުން

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވަހިކަލެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ޝައްކުވާ ކަމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ސަހަރާ ކުރިމަތީ މަގުގައި ޕާކު ކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝް ފިރިހެނެކެވެ. އެ މީހާ ފެނުނީ އުޅަނދު ތެރޭގައި ހަބަރު ހުސްވެފައި އޮއްވަ އެވެ.

ނަމަވެސް އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިއްޔެ ބުންޏެވެ.

ފުލުހުން މިއަދު ބުނީ، އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައި ނުވާތީ، އެ މީހާގެ ހަށިގަނޑާމެދު އަމަލު ކުރާނެ ގޮތަކާމެދު އާއިލާއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.