ކަޔަކެއްގައި ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ގދ.އަތޮޅުގައި އޮންނަ ރަފުލްސް މޯލްޑިވްސް ނަމަކަށް ކިޔާ ރިސޯޓަކުން ކަޔަކް އެއްގައި ނުކުތް ފަހުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ރިސޯޓުގެ ދޯންޏެއްގައި މަސައްކަތްކުރާ ބަންގްލަދޭޝް އެ މުވައްޒަފު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ އެ އިދާރާ އިން ބުނާ ގޮތުން އިއްޔެ މެންދުރުފަހު 3:30 އެހާކަށް ހާއިރެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހާ ކަޔެކުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދު ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މީހާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.