ރައީސް މުއިއްޒު ބެއިޖިންއަށް ވަޑައިގެންފި، މަރުހަބާ ދެންނެވުން މާދަމާ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ވެރިރަށް ބެއިޖިންއަށް މިއަދު ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ބެއިޖިންއަށް ވަޑައިގަތުމުން އެ ދެކަނބަލުންގެ ޝަރަފުގައި ވަނީ ޝަރަފުގެ ގާޑެއް އަރުވައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ޗައިނާގެ ސަރުކާރުން ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށް މާދަމާ ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. މިއީ ރައީސް މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ފުރަމާނަ ދަތުރުފުޅެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.