ރިސޯޓަކުން ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ކ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންއަށް ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ޓޫރިސްޓު މީހާ ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންނަ ކަމަށް ރިޕޯޓް ލިބުނީ މިއަދު 11:30 އެހާކަންހާއިރު ކަމަށެވެ.

ނަމަވެސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

”ހަފްތާ“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ކ. ފިހާނޮޅި އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ގޮސް އުޅުނު ރަޝިއާ ފިރިހެނެކެވެ. އޭނާގެ އުމުރެއް އަދި ޔަގީނެއް ނޫނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.