ފްރާންސުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު އަވަހާރަވެއްޖެ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ފްރާންސް ސަރުކާރުން، ރާއްޖެއަށް، ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތު މިއަދު އަވަހާރަވެއްޖެއެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ފްރާންސް އެމްބަސީން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ސަފީރު އަވާހަރާވުމާ ގުޅިގެން ހިތާމަ ކުރާ ކަމަށާއި ސަފީރުގެ ޖަނާޒާގެ ތަފުސީލް ވީހާވެސް އަވަހަކަށް ހާމަކޮށް އަންގާނެ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕަކެތެތަކީ ރާއްޖޭގެ ގާތް މިތުރެއް ކަމަށާއި އޭނާގެ ހަދާންތައް އާކުރާނީ، ފްރާންސާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރަން ކުރެއްވި މަސައްކަތްތަކާއެކު ކަމަށެވެ. އަދި ޕަކެތެތުގެ އާއިލާ އަށާއި ލަންކާގައި ހުންނަ ފްރާންސުގެ އެމްބަސީއަށް ޒަމީރު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ރާއްޖެއާއި ސަފީރު ކަމަށް ޕަކްތެތު އައްޔަންކޮށްފައި ވަނީ އޮކްޓޫބަރު 2022ގައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.