ގެސްޓް ހައުސްއެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު މީހަކު ފުލުހުން ސަލާމަތްކޮށްފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މާލޭ ގެސްޓް ހައުސްއެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުންނަ އެ ގެސްޓް ހައުސް ތެރޭގައި ބަންދުކޮށްގެން ގެންގުޅުނީ ނޭޕާލް ފިރިހެނެއް ކަމަށެވެ. އޭނާ މިހާރު ސަލާމަތް ކޮށްފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ބަންދުކޮށްގެން ގެންގުޅުނީ ސްކައި ލޭންޑް ނަމަކަށް ކިޔާ ގެސްޓް ހައުސްއެއްގަ އެވެ. އަދި އޭނާއަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާ ކަމަށްވެސް އެނގިފައިވެ އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިފަހަކަށް އައިސް މީހުން ރަހީނުކުރުމުގެ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.