އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

އެސްޓީއޯއިން ތެޔޮ ވިއްކާ އަގު އަގުހެޔޮކޮށްފިއެވެ.

އެ ކުންފުނިން މިރޭ ބުނީ މިރެއިން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 13.92 ރުފިޔާއަށް ކަމަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 13.98 ރުފިޔާއަށް ކަމަށެވެ.

ކުރިން ޑީސަލް ލީޓަރެއް ވިއްކީ 14.62 ރުފިޔާއަށް ކަމަށާއި ޕެޓްރޯލް ލީޓަރެއް ވިއްކީ 14.33 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

މިރޭ ގެނައި ބަދަލާއެކު ޑީސަލް ލީޓަރަކުން 0.70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.35 ލާރި އަގުހެޔޮ ވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.