މާލެއިން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މާލެއިން 14 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ތ. މަޑިފުށި، ނައިޓްރޯސް ޒޯޔާ ފިކުރީއެވެ.

ފުލުހުން މިރޭ ބުނީ އާއިޝަތު ޒޯޔާ ފިކުރީ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާތީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައިޝަތު ޒޯޔާ ފިކުރީ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހު އެ ކުއްޖާ މިހާރު ދިރިއުޅޭ ގެ ވ. ނާލިސްއިން ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އައިޝަތު ޒޯޔާ ފިކުރީއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް، ވިލިމާލެ ޕޮލިސް ސްޓޭޝަން 9790083 އަށް ގުޅައި ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.