ހުޅުމާލޭ ތިން ވަނަ ފިޔަވަހިން 15 ހެކްޓަރު ބިން ހިއްކައިފި

A
5 އޭޕްރީލް 2024 17:59އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގެ ފޭސް ތިނަކުން 15 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބައިގެ ގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ 10 ހެކްޓަރު އަދި ދެވަނަ ބައިން ފަސް ހެކްޓަރު ހިއްކާފައިވާ ކަމަށެވެ. ފޭސް ތިނަކުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފަައިވާކަމަށް އެޗްޑީސީން ބުންޏެވެ.

މިހާރު ކުރަމުންދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ސަރަހައްދުގެ ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެ ސަރަހައްދުގައި އަޅާފައިވާ ދޯނިތައް ނަގައިދިނުމަށް އެދޭ ކަމަށް އެޗްޑީސީން ބުންޏެވެ. އެ ދޯނިތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު އުޅަނދުގެ ވެރިންނަށް ފަހިކޮށްދީފައިވާކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.