ޑްރަގް އެތެރެވުން ހުއްޓުވުމަށް ރަށްރަށުގެ ބަނދަރުގައި ފުލުހުން ތިބުން މުހިންމު: ކޮމިޝަނަރު

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ރަށްރަށުގެ ބަނދަރުތަކުގެ ފާރަޔަށް ޔުނީފޯމު އެޅި ފުލުހުން ތިބުމަކީ މުހިންމު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ގެންދިޔަ 36 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވީ ބަނދަރުތައް އަންނަ ކޮންމެ ދޯންޏަކާއި ކަނޑުގައި ދުއްވާ އުޅަނދަކުން އެ ރަށަކަށް އެތެރެކުރާ މުދަލަކީ ކޮން އެއްޗެއްތޯ ރަނގަޅަށް ބަލައި ފާސްކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ފުލުހުން ބަނދަރުތަކުގެ ސެކިއުރެޓީ ބެލެހެއްޓުމަށް ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަމަށެވެ.

”ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުސް އޮފިސަރުން ވެސް ކަންބޮޑުވާ ކަމެއްކަމުގައި ވާންޖެހޭނެ. އަށް ގަޑިއިރުގެ ޑިއުޓީގެ ބޮޑުބައި ރައްޔިތުންނާ އެކު މަސައްކަތް ކުރަންޖެހޭނެ،“ ޝުޖާއު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަކީ ކޮންމެ ފުލުހަކު ވެސް ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އަދި ފުލުހުން މަސައްކަތް ކުރަންވާނީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.