13 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް 30 ދުވަސް

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މި މަހު 19 ވަނަ ދުވަހު 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ތުހުމަތަށް ހައްޔަރު ކުރި މީހާގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހައިފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެ ކަމުގައި އޭނާ ފިލަން އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ 29 އަހަރުގެ ފިރިހެން މީހާ 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މިމަހުގެ 23 ވަނަ ދުވަހު ބުނެފައިވަނީ 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ހާދިސާ ހިނގާފައިވަނީ ނ، ރ، ބ އަދި ޅ. އަތޮޅުގައި ހިމެނޭ ރަށެއްގައި ކަމަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.