އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިން އަދި ބޮޑުވަޒީރު ބިޝަރު އަލްހަސަވުން އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ރަސްގެފާނު އަބްދުﷲ އަދި ބޮޑުވަޒީރު އަލްހަސަވުންއަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި ‌‌‏އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އުރުދުންގެ ސަރުކާރަށާއި ރައްޔިތުންނަށް އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސް މުއިއްޒު ފޮނުއްވި އިތުރަށް އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ރަސްގެފާނު އަބްދުﷲ އަދި ބޮޑުވަޒީރު އަލްހަސަވުން ފުރިހަމަ ސިއްހަތެއްގައި ލެހެއްޓެވުމަށާއި އުރުދުންއަށް ފާގަތި އުޖާލާ ކުރިމަގެއް އައުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.