ވިހިވަނަ މަޖިލީހުގެ މެމްބަރުން ހުވާކޮށްފި

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

ވިހިވަނަ މަޖިލީހަށް ހޮވުނު މެމްބަރުން ކުރިއަށް އޮތް ފަސް އަހަރަށް މަޖިލިސް މެމްބަރުކަމުގެ ހުވާކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތުގައި މެންބަރުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެވެ.

މިއަދު ހުވާކުރި 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ އެވެ. އޭގެ ތެރެއިން ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ 75 މެންބަރުން ތިއްބަވާނެ އެވެ. އެއީ ސުޕަ މެޖޯރިޓީ އެވެ. އެއާއެކު ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ސަރުކާރު މެޖޯރިޓީއަށް އެބަ އޮތެވެ.

އެ އަދަދާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މަސައްކަތް ކުރައްވާނީ ސަރުކާރާއެކު އެވެ.

އެހެންކަމުން ޕީއެންސީގެ މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއެކު އެ އަދަދު 79 އަށް އަރަ އެވެ.

އިދިކޮޅު އެމްޑީޕީއަށް މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ. ވިހިވަނަ މަޖިލީހުގައި ހިމެނެނީ އެންމެ ދެ މިނިވަން މެންބަރުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.