ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފަސް ދުވަސް ފަހުން ފެނިއްޖެ

A
10 ޖޫން 2024 19:461 މިނިޓުގެ ކިޔުން
Aa

މާލެއިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 21 ވަނަ ދުވަހަށްފަހު އާއިލާއަށް ހަބަރެއްނުވެ ގެއްލިގެން ހޯދަމުންދިޔައީ ތ. މަޑިފުށި/ ނައިޓްރޯސް، ޒޯޔާ ފިކުރީ އެވެ. އޭނާ މިހާރު ދިރިއުޅޭ އެޑްރަހަކީ ވ. ނާލިސް އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޒޯޔާ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

ޒޯޔާ އަކީ މިދިޔަ އަހަރުގެ މާޗު މަހުވެސް ގެއްލިގެން ހޯދަން އިއުލާން ކުރި ކުއްޖެކެވެ. އެ ފަހަރު އެ ކުއްޖާ ފެނުނީ ހުޅުމާލެ އިންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.